ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖެއިން އިންޑިއާ އަދި ސައޫދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، ޢައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އާއިޝަތު އަޒީމާއެވެ.

އަދި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސައޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަހްމަދު ސަރީރެވެ.