އޮންލައިންކޮށް ޖުވާ ކުޅުން ހުއްޓުވުމަށް ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ ވެބްސައިޓުތަކާއި އެޕްލިކޭޝަން މެދުވެރިކޮށް ޖުވާކުޅުން ހުއްޓުވުމަށް ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށެވެ.
ޖުވާ ކުޅުމަކީ އިސްލާމްދީނުގައި ޚަރާމް ކުރައްވައިފައިވާ ކަމެކެވެ.
އުޝާމް ވަނީ، މިއީ ރާއްޖޭގައި ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމެއްކަން ވެސް ފާހަގަކުރައްވައިފައެވެ.
އުޝާމް ވިދާޅުވީ ގާނޫނަށް އިސްލާގު ގެނައުމަށް ސަރުކާރުގެ ތެރޭގައި މަސައްކަތްކުރެވެމުންދާއިރު، އަދި މިހާތަނަށް މިކަން ހުއްޓުވުމަށް ގާނޫނީ ގޮތުން ކަމެއް ކުރެވިފައި ނުވާކަމަށެވެ.
ސަރުކާރުން ވަނީ މިއަހަރު އޮންލައިން ބެޓިން ސައިޓްތައް ބްލޮކްކުރުމުގެ މަސައްކަތް ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

