އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާ މި މަހު 19 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

Ads by Asuru

އިނގިރޭސި ޝާހީ އާއިލާގެ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ބުނެފައިވާ ގޮތުގައި، ރާނީގެ ހަށިގަނޑު އިނގިރޭސިވިލާތަށް ގެންދާނީ އަންނަ އަންގާރަ ދުވަހުއެވެ. އެހާތަނަށް، އޭނާގެ ހަށިގަނޑު އޮންނާނީ ސްކޮޓްލޭންޑްގެ ބެލްމޯރަލް ކާސަލްގައެވެ.

ރަސްމީ ޖަނާޒާގެ ކުރިން ރާނީ އަށް އެންމެފަހުގެ އިހުތިރާމް އަދާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރާނީ މަރުވިއިރު، އުމުރަކީ 96އެވެ.