އައްޑޫގައި މިހާރު ކުރިޔަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް އިންތިޒާމު ކުރި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް އަލީ ރަމީޒު ގޮވާލައްވައިފިއެވެ.

ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން ބާއްވާ މި މުބާރާތުގައި އެކި ގައުމުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވެއެވެ.

15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒޯކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗު ކުރީ މިދިޔަ މަހުގެ ހަތެއްގައެވެ.

މި މުބާރަތަކީ މީގެ ތިންމަސްކުރިން ބޭއްވުމަށް އިއުލާނު ކުރި މުބާރާތެކެވެ.

މުބާރާތުން ފެނުނު ބައެއް މަންޒަރުތަކާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ރަމީޒު ވިދާޅުވީ، ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ހުއްޓާލުމަށާއި އެކަން އިންތިޒާމުކުރާ ފަރާތްތަކަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށެވެ.

ބޮޑީ ބިލްޑިންގެ ނަމުގައި އައްޑޫގައި އަންހެނުންނާއި ފިރިހެނުން ބަރަހަނާކޮށް ސްޓޭޖުމަތީ ކުރިއަށް ގެންދިޔަ ފާހިޝް ނުބައި ހަރަކާތްތައް އިންތިހާއަށް ކުށްވެރިކުރާ ކަމަށް ވެސް އަލީ ރަމީޒުގެ ޕޯސްޓުގައިވެއެވެ.

ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން ބާއްވާ މި މުބާރާތުގައި އެކި ގައުމުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވެއެވެ.