ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނުއިރު، ދިވެހިރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް ނަރުދަމާގެ އަސާސީ ހިދުމަތް ކަށަވަރު ކޮށްދެއްވި ކަަމަށް އެމަނިކުފާނުގެ ވެރިކަމުގައި އެންވަޔަރްމަންޓް މިނިސްޓަރަކަށް ހުންނެވި ތޯރިގު އިބްރާހީމް ވިދާޅުވެެއްޖެއެވެ.

Ads by Asuru

ތޯރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް ސާފު ފެނުގެ ނިޒާމުގެ ހިދުމަތް ކަށަވަރު ކޮށްދެއްވި ކަމަށެވެ.

އަދި މިހަގީހަތް ދިވެހި ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ އެންވަޔަރްމަންޓް މިނިސްޓަރު މިހެން ވިދާޅުވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ފެނާ ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެފަދަ އެންމެ  ގިނަ މަޝްރޫއުތަކެއް ހިންގެވި ކަމަށްވެސް ވިދާޅުވިއެވެ.