ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

އެ ޕާޓީން ބުނިގޮތުގައި، މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 10 އިން މެންދުރުފަހު 2 ގެ ނިޔަލަށެވެ.

މި އިންތިހާބުގައި ގއ، ގދ، ލ، ތ، މ، ދ، އއ، ކ، ބ، ރ، ނ، ޅ، ށ، އދ، ސ، ޏ، ހއ އަދި ހދ އަތޮޅުގެ ރަށްތަކުގައި ވޯޓުލުން ކުރިއަށް ދާނެއެވެ.  ރަށްރަށުގައި ވޯޓުލުން ކުރިއަށް ދާނީ އެރަށެއްގެ ސުކޫލުތަކުގައެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދަނީ ދަރުބާރު ގޭގައެވެ. ޕީއެންސީން ބުނީ މާލެ އާއި އަތޮޅުތެރޭގެ 88 ރަށެއްގައި ވޯޓުލުން ކުރިޔަށް ގެންދާ މި އިންތިހާބުގައި މާލޭގައި ބަހައްޓާ 56 ވޯޓު ފޮށްޓާއެކު ޖުމުލަ 144 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.