ގއ.ކަނޑުހުޅުދޫގައި ރޭ ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، އެ ރަށުގައި ދެ މީހެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލަ، ރޭ 9:37 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ.
މި މާރާމާރީގައި ހިމެނޭ ދެ މީހުންނަށް ވެސް އަނިޔާ ލިބިފައިވާ ކަމަށާއި، އެ ދެ މީހުންނަށް ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހިމެނެނީ އުމުރުން 37 އަހަރާއި، 40 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

