ބިލެތަކީ ދިވެހިން އާއްމުކޮށް ބޭނުންކުރާ ފަތެކެވެ. ނަމަވެސް ދިވެހީން މި ފަތް ބޭނުންކުރަނީ، ދުފާށެވެ. ދުފުމަކީ ސިއްހީ ގޮތުން ގެއްލުން ލިބޭ ކަމެކެވެ. އަނގައިގެ ކެންސަރަށް މަގުފަހިވާ އެއް ސަބަބަކީ ދުފުން ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ.
ބިލެތުން ލިބޭ ބައެއް ފައިދާތަކަށް ބަލައިލާއިރު؛
ނަފްސާނީ ބަލިތަކުން ދުރުކޮށްދޭ
ބައެއް މީހުންނަކީ ކުޑަކުޑަ ކަމެއް ދިމާވާއިރަށް ވެސް ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެ، ހަދާނެ ގޮތް ހުސްވާ މީހުންނެވެ. މިފަދަ މީހުން ބިލެތުގެ ދިޔަޔާއި މާމުއި އެއްކުރުމަށް ފަހު ދުވާލަކު ދެ ފަހަރު ބުއިމުން ރަނގަޅުވާ ކަމަށް ވެއެވެ. މީގެ އިތުރުން މީހާގެ މޫޑު ރަނގަޅުކޮށްދީ ހަރަކާތްތެރިވެ އުޅުމަށް މަގުފަހި ކޮށްދެއެވެ.
ގައިގައި ރިއްސުމަށް ލުއިކަން ގެނެސްދޭ
ބިލެތަކީ އޭގެ ސަބަބުން ގައިގާ އަޅާ ވޭން ލުއިކޮށްދޭ އެއްޗެކެވެ. އާންމު ގޮތެއްގައި ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނާއި ހިރުވާ ތަންތަނަށާއި ނޫފައިގެންފައި ހުންނަ ތަންތަނުގެ އިތުރުން ގައިން ހޫނު އަރާ ނަމަ ބިލެތުގައި ޖޫސް ހަދައިގެން ބުއިމުން ރަނގަޅުވެއެވެ.
ބަނޑުގައި ރިއްސުން ކުޑަކޮށްދޭ
ބަނޑު ކައްކާ ގޮތްވެ ބަނޑަށް އިތުރު އުނދަގޫ ވާނަމަ ބިލެތް ކެއުމުގެ ސަބަބުން އެ އުނދަގޫތަކުން ދުރުކޮށްދެއެވެ.
އަދި ކުޑަކުދިން ބަނޑުގައި ރިއްސާ ނަމަ ބިލެތް ފެނު ކައްކާފައި އަސޭމިރުހާއި އެއްކުރުމަށް ފަހު ދެއިރު އިރަކު އެއް ސައިސަމުސާ ދިނުމުން ރަގަޅު ވެއެވެ.
މީގެ އިތުރުން ނޭފަތުން ލޭއައުމާއި، ނޭވާ ހިއްލުމާއި، ބުރަކަށީގައި ރިއްސުމުގެ އިތުރުން އަދި ގޭސްޓްރިކް މައްސަލަތައް މަދުކޮށް ބްލަޑް ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓައި ދެއެވެ.
އަދި ބަނޑުގައި އުފެދޭ ގޭސް ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ބިލެތުގައި އެކުލެވޭ ތެލުގެ ސަބަބުން ބަނޑަށް މަސާޖު ލިބި ހަށިގަނޑުން ބޭނުން ނުވާ ބައި ވަކިކޮށްދެއެވެ.