ދަރުމަވަންތަ ހޮސްޕިޓަލު ކައިރި، ބޭރު ތޮށި މޫދުން އަނިޔާތަކާއެކުގައި އޮތް މީހަކު ފެނިއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، މޫދުގައި އަނިޔާ ލިބިފައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމުގައި ވެސް ފުލުހުން ބުނެއެވެ.

ޭފުލުހުން ފަހުން ބުނީ އެމީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި، އަނިޔާވީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.