ހުރަވީ ދުވަހަކީ ގައުމަށް އަމާާނާތްތެރިވުމާއި ހިޔާނާތްތެރިވުމުގެ މިސާލު ވެސް ފެންނަ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، ހުރަވީ ދުވަހުގެ ބަތަލު، ދޮންބަންޑާރައިންގެ ޖިހާދާއި، ރިވެތި އަހުލާގަކީ މިއަދު ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅު ކަމަށެވެ.
https://x.com/MMuizzu/status/1864221724054835498?t=L8r1djpkRl7jaW8K2Qt_0w&s=19
ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހުއެވެ.
އެއީ މީލާދީ ތާރީޚުން ބަލާނަމަ 1980ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހެވެ.
މި ދުވަސް ފާހަގަ ކުރަނީ ދޮންބަންޑާރައިންގެ ޖިހާދުގެ ޒިކުރާ އައު ކުރުމަށެވެ.

