އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަންގެ މިއަދުގެ ނަސީބުވެރިއަކަށް ކ. މާލެ، އިމްރާން ޔޫސުފް ހޮވިއްޖެއެވެ.
ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަނަކީ ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 30 ސައިކަލު ދިނުމަށް ހަމަޖެހިފައިވާ އިރު، މިއަދުގެ ނަސީބުވެރި ފަރާތަށް ސައިކަލު މިހާރު ވަނީ ހަވާލުކޮށްފައެވެ.
ޔޫސުފް އަށް އުރީދޫއިން ދީފައި ވަނީ އެއާބްލޭޑު 125 ގެ ރަތާއި ކަޅު ކުލައިގެ ސައިކަލެކެވެ.
އުރީދޫ ކަސްޓަމަރުން 250 ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
އަދި އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގައި 26 އެއާ ބްލޭޑާއި ތިން ޕީސީ އެކްސް ދިނުމަށް ހަމަޖެހިފައި ވެއެވެ.

