ގާނޫނު އަސާސީ ދިފާއު ކުރުމަށް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕިން ބޭއްވި އެއްވުން، މާބޮޑު ތަރުހީބެއް ނުލިބި ނިންމައިލަން ޖެހިއްޖެއެވެ.
އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި މުޅި ރާއްޖެއިން މީހުން ގެނެސްގެން ބޭއްވި ޖަލްސާގައި ވެސް ހުސްގޮނޑިތައް ވަރަށް ގިނައެވެ.
މިރޭގެ ޖަލްސާ އަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، އެމްޑީޕީން މީގެ ކުރިން ބޭއްވި ޖަލްސާތަކާ އަޅާބަލާއިރު، ވަރަށް ވެސް ފިނި ތަރުހީބެއް ލިބުނު ޖަލްސާއެކެވެ.
މިރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ަވަނީ އެމަނިކުފާނުގެ ސަރުކާރަށް ފާޑުކިޔައި ހަދާފައިވާ ލަވައެއް ވެސް އަމިއްލަފުޅަށް ވިދާޅުވެފައެވެ.
މިރޭގެ ޖަލްސާގައި ސޯލިހު ވިދާޅުވި ޅެމަކީ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި ސިމްބޮލިކް ރެކޯޑުގެ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ކިޔާފައިވާ ލަވައެކެވެ. އެއީ ”ވެރިންގެ ވެރިކަން ތިން ބާރޯ“ އެ ލަވައެވެ.


އެކާވީސް ވަނަ ގަރުނުގެ އެންމެ ބޮޑު ޖޯކު.