މިއަދު ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، އެ އިމާރާތުގެ ކައިރީގައިވާ ގެތަކުން މީހުން ހުސްކުރަމުން އެބަދެއެވެ.
އަލިފާން ރޯވީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބުގައި ހުންނަ މ.ގްރީން ބިލްޑިންގައެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ އަމީނީ މަގުގައި ހުންނަ ހައުސިންގ މިނިސްޓްރީ އިމާރާތުގައި ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެއެވެ.
ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި އެ ސަރަހައްދުގައި ހުރި ގެތަކުން މީހުން ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރަހައްދު އާއްމު ޓްރެފިކަށް ބަންދު ކުރެވިފައިވާ ކަމަށެވެ.

