މޭބިސްކަދުރަކީ ވެސް ކޮންމެ މޭވާއެކޭ އެއްފަދައިން، ތަފާތު އެކި ފައިދާ ލިއްބައިދޭ މޭވާއެކެވެ.
ކާނާ ހަޖަމުނުވާ މައްސަލައިގެ ހައްލަށް މުހިންމު ދައުރެއް މޭބިސްކަދުރު އަދާކުރެއެވެ. އެގޮތުން މޭބިސްކަދުރު ބޭނުންކުރުމުން، ހަޖަމުވުން ރަނގަޅުވެ، މައިދާގެ މަސައްކަތްތަކަށް ދިރުން ގެނެސްދެއެވެ.
މޭބިސްކަދުރަކީ ގިނަ އަދަދަކަށް ފައިބަރ ހިމެނޭ މޭވާއެކެވެ. ފައިބަރަކީ ކާތަކެތި ހަޖަމުކޮށްދީ އުނދަގުލެއްނެތި ބޭރުކުރުމަށް އެހީވެދޭ އެއްޗެކެވެ. މޭބިސްކަދުރުގެ ފައިބަރަކީ ވިރިގެން ނުދާ އެއްޗެއް ކަމަށްވާތީ ގޮހޮރުގެ ސިއްހަތަށް މިއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. މޭބިސްކަދުރުގައި ހިމެނޭ ފެނަކީވެސް ހަޖަމު ކުރުމުގައި އެހީވެދޭ މުހިންމު މާއްދާ އެކެވެ.
މީގެ އިތުރުން ތަފާތު ދިރާސާތަކުން ހޯދިފައިވާ ގޮތުގައި މޭބިސްކަދުރު ކެއުމުން ހިތާއި ލޭހޮޅިތަކުގެ ސިއްހަތަށް ގިނަގުނަ ފައިދާތައް ލިބެއެވެ.
އޭގެ ތެރޭގައި ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ދަށްކުރުން، ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކުރުން، ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުން، ނުރަގަޅު ކޮލެސްޓްރޯލް އޮކްސިޑައިޒްވުން ދަށްކުރުނލޭގެ ތެރޭގައި ރިއެކްޓިވް އޮކްސިޖަން މޮލިކިޔޫލްގެ މިންވަރު ދަށްކުރުން، ލޭހޮޅީގެ ފާރުގައި ސެލްތައް ހަރުލުމުގެ ފުރުސަތު ދަށްކުރުން، ޕްލޭޓްލިޓް ތައް ޖަމާވުން މަދުކުރުން، ލޭހޮޅި ފުޅާކޮށްލާން ޖެހޭ ވަގުތުތަކުގައި ލޭހޮޅީގެ އެތެރޭގެ ބަތާނަފުށުން ނައިޓްރިކް އޮކްސައިޑް ބޭރުކުރުމަށް ބާރުއެޅުން، ލޭގައި ގުލުޓަތިއޯން ގެ މިންވަރު މަތިކުރުން ހިމެނެއެވެ.
ބަނޑުހިކި ފާހާނާ ނުކުރެވި ގިނަ ދުވަސްވާނަމަ އެކަން ހައްލުކުރުމަށް ވެސް މޭބިސްކަދުރު ބޭނުންކުރެވިދާނެއެވެ.
މޭބިސްކަދުރުގައި އޯގަނިކް އެސިޑް، ހަކުރު، އަދި ސެލިއުލޯސް އެކުލެވުމުގެ ސަބަބުން މޭބިސްކަދުރަކީ ބަނޑު ސާފުކޮށްދޭ ކާނާ ކަމަށް ބުނެވެއެވެ.

