ިކ.ގުރައިދޫގައި އުމުރުން 4 މަހުގެ ތުއްތު ކުއްޖަކު ނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ދެންމެ ބުނީ، އެ ރަށުގައި ތުއްތު ކުއްޖަކު ނިޔާވި މައްސަލަ މިއަދު ހުށަހަޅާފައިވާ ކަމަށާއި، އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ނިޔާވެފައި އޮތް އިރު ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް އެނގިފައިވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.