”ބިންވެރިޔާ“ ސްކީމްގެ ދަށުން، ގޯތި ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައި ނެތް ބަޔަކަށް ގޯތި ދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން ޖިނާއީ ތަހުގީގެއް މިހާރު ހިންގަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅޭ އިތުުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
އެ ތަހުގީގަށް ފުލުހުން އެޗްޑީސީގެ އޮފީހަށް ވަދެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

