ޖަމިއްޔަތުއް ސަލަފުގެ މާކެޓިން އޮފިސަރުގެ މަގާމުގައި ހުރި އަލީ ރަމީޒު އެ ޖަމިއްޔާއިން މިރޭ އިސްތިއުފާ ދީފިއެވެ.

އިސްތިއުފާ ދިންކަން އޭނާ ސޯޝަލް މީޑިއާގައި އާންމު ކުރި ނަމަވެސް، ސަބަބު ހާމައެއް ނުކުރެއެވެ. އޭނާ އަކީ ދާރިސް ޓީވީ ހިންގުމުގައި ވެސް އިސްކޮށް އުޅުނު ފަރާތެކެވެ.

ލަވަޔާއި މިއުޒިކާއި ދުރަށް ގޮސް، އަލީ މިހާރު މަސައްކަތް ކުރަނީ ދީނީ އެކި ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށެވެ.