މިނީ ބަހުގެ ހިދުމަތް، އިތުރު ދެ ހަފުތާއަށް ހިލޭ ފޯރުކޮށްދިނުމަށް އެމްޓީސީސީން ނިންމައިފިއެވެ.

Ads by Asuru

އެމްޓީސީސީން، ހިލޭ ދަތުރު ކުރެވޭނެ މުއްދަތު އިތުރު ކޮށްފައި މިވަނީ، ހޮދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ އިތުރު ފުރުސަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

އަދި ހިދުމަތަށް އަގުނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަންގަވަން  ބޭނުންކުރައްވަންޖެހޭ އާރް.ޓީ.އެލް. ޓްރެވަލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުންކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީން ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 45:5 އިން ރޭގަނޑު 15:00 އަށް ފޯރުކޮށްދޭއިރު، ބަހުގެ ހިދުމަތް ކޮންމެ 10 މިނެޓަކާއި 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ކޮންމެ ބަސް ސްޓޮޕަކުންވެސް ލިބެއެެވެ.

ހިލޭ ދަތުރުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު ކޮންމެ ބަސް ދަތުރެއް ކުރެވޭނީ 7 ރުފިޔާއަށެެވެ.

އާރް ޓީ އެލް މާލޭ ބަހުގެ ރޫޓް މެޕް އާރް ޓީ އެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބައްލޭނެ އިންތިޒާމުވެސް ކުންފުނިންވަނީ ހަމަޖައްސާފައެވެ.