ވެރިރަށް މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާ ގުޅިގެން، ބައެއް މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހަދާފައިވާއިރު، މާލެ ސިޓީ ކައުންސިލުން އިތުރު ޕާކިން ޖާގަތަކެއް ހަދައިފިއެވެ.

Ads by Asuru

މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިނީ ބަސް އޮޕަރޭޝަނަށްޓަކައި އޯކިޑް މަގުގެ ޕާކިން ނަގާ، އޭގެ ބަދަލުގައި ޕާކިން ޖާގަ ހަމަޖެއްސުމުގެ ގޮތުން، މ.ސްޓާލިން، ލާމި ގޭގައި ހެދި ޕާކިން ޒޯނުގައި 50 ސައިކަލް، 15 ކާރު ޕާކު ކުރެވޭ ގޮތަށް ކުރަހާ ނިމިފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މިނީބަސް ދަތުރުތަކަށް ފަސޭހަކޮށްދިނުމަށް މަޖީދީމަގުން ޕާކިން ހުރިހާ ސްލޮޓެއް ނަގާފައިވާއިރު، އެ މަގަށް ފަހިވާނޭހެން އިތުރު 69 ޕާކިން ސްލޮޓެއްވެސް ހަދާފައެވެ.

މިނީ ބަހުގެ ހިދުމަތްދޭން ދަތިވާނެ ގޮތަށް، ބަސް ރޫޓުގައި އުޅަނދުތައް ޕާކު ކުރާނަމަ، ފިޔަވަޅު އަޅާނެ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.