ޗައިނާގައި އުމުރުން 13 އަހަރުގެ ދަރިވަރަކު މަރައިލި މައްސަލައިގައި ފުރާވަރު އުމުރުގެ ދެ ކުދިން ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މިކަން ހިނގީ މި އަހަރުގެ މާޗު މަހުގައެވެ. މި މައްސަލައިގައި ހިމެނޭ 14 އަހަރުން ދަށުގެ ދެ ކުދިންގެ މައްޗަށް އިއްވައިފައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވީ، ޗައިނާގެ ހަބޭ ޕްރޮވިންސްގެ ޒެންގް އަދި ލީއަށެވެ. މި މަރުގެ މައްސަލަ ފެންމަތިވިއިރު، އުމުރުން 13 އަހަރުގެ މި ދެ ކުދިންގެ ކްލާސްމޭޓް، ވޭންގް މަރައިލީ، އޭނާގެ ފައިސާ އެ ދެމީހުންގެ މެދުގައި ބަހާ ގޮތަށް އެއްބަސްވެގެންނެވެ.

އުދެއްޔަކުން ހަމަލާދީ، ވެންގް މަރާލުމަށްފަހު ވަޅުލާފައިވަނީ ތަރުކާރީ ހައްދާފައިވާ ގްރީންހައުސްއެއްގައެވެ. މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، އެ ކުއްޖާ މަރާލާފައި ވަނީ އެތައް ފަހަރަކު ހަނގާ ކުރުމަށް ފަހުގައެވެ.

ވެންްގް މަރާލުމަށްފަހު، އޭނާގެ ފޯނުން، އެކައުންޓުގައި ހުރި ފައިސާތައް ގާތިލުންގެ އެކައުންޓަށް ޖަމާކޮށް، ވެންގްގެ ސިމް ކާޑު ވެސް ވަނީ ހަލާކު ކޮށްލައިފައެވެ.