ރާއްޖެއާ ޗައިނާއާ ދެމެދު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފިއެވެ.

މިއަދުން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ވަނީ ފަށައިފައެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ޑިއުޓީ ނުދައްކާ ޗައިނާއަށް މަސް އެކްސްޕޯޓްކުރެވޭނެއެވެ. އަދި ބޭރު ފައިސާ ލިބުމުގެ ފުރުސަތު އިތުރުވެ، ރާއްޖޭގެ އުފެއްދުންތެރިކަމާއި ޕްރޮސެސިންގ ދާއިރާ ފުޅާވާނެއެވެ.

މީގެއިތުރުން، ދިވެހިންނަށް ޗައިނާގައި ހިދުމަތް ދިނުމުގެ ފުރުސަތު ލިބުމާއި، ޗައިނާގެ އިންވެސްޓްމަންޓް ރާއްޖެއަށް އިތުރުވާނެއެވެ.

އަދި ޗައިނާއިން އެތެރެކުރާ މުދަލުގެ އަގު ހެޔޮވުމާއި، ވިޔަފާރީގެ ޚަރަދު ކުޑަވެގެންދާނެއެވެ.

މިއީ 2014 ވަނަ އަހަރުގައި އެކުލަވައިލި އެއްބަސްވުމެއް ކަމުގައި ވިޔަސް، މި އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި މިވަނީ ރައީީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައެވެ.