ރަސްމީ ފާލަމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަބިލް ވިދާޅުވެއްޖެއެވެ.

ރަސްމީ ފާލަން އެމްޓީސީސީއާ ހަވާލުކޮށްގެން މަރާމާތު ކުރަން ފަށާފައި ވަނީ މެއި މަހުގެ ތެރޭގައެވެ.

އެ މަޝްރޫއު ހިނގާ ގޮތް ބައްލަވައިލެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ، އަމާޒަކީ މި މަހުގެ 21 ގައި ފާލަން އަލުން ހުޅުވައިލުން ކަމަށެވެ.

”މިއީ މާލޭގެ މަލަމަތިކަމަށްވެފައި، ފާލަން އެގޮތަށް ބަންދުކޮށްފައި ބޭއްވުމަކީ މިތަނަށް އަރަފައިބާ މީހުންނަށް ވެސް ފާހަގަކުރެވޭ ކަމަކަށްވެ މާލޭގެ ރީތިކަން ގެއްލިގެންދާނެ ފަދަ ކަމެއްކަމުން ސަރުކާރުން ވަރަށް ބޮޑަށް ބަރުއަޅައިގެން މަސައްކަތް ބާރަށް ކުރިއަށް އެބަދޭ،“ މުއްތަލިބް ވިދާޅުވިއެވެ.“ މިނިސްޓަރު ވިދާޅުވިއެވެ.

ރިޔަލު ދޯންޏެއް ސިފަވާ ގޮތަށް އިއްޒުއްދީން ފާލަން ބަދަލުކުރީ ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލްއާ ގުޅިގެންނެވެ.

އޭރުގެ އެ ޑިޒައިނަކީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ޑިޒައިނަަކަށް އެމްޓީސީސީން ކުރިއަށް ގއންދިޔަ މަސައްކަތެކެވެ.