ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓާވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުމުން އެފްއާރުއެސްގެ ސިފައިން ވަނީ އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވެފައޮ ކަމަށެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ އެ ރިސޯޓްގެ ވޯޓަރވިލާއެއްގެ ފުރާޅުގައެވެ. ހާދިސާ ހިނގުމުން ރިސޯޓްގެ މުވައްޒަފުން ވަނީ އަލިފާން ކޮންޓްރޯލްކޮށް ނިއްވައިލައިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް ވޯޓަރވިލާގެ ފުރާޅަށާއި ސީލިންގއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

