އެނގޭހެއްޔެވެ؟ ޚަބަރެއް ނުވަތަ ލިޔުމެއްގެ ސުރުހީއެއް ކިޔާލާ މީހުންގެ ތެރެއިން، އެ ލިޔުމެއް ހުޅުވާލައިގެން ކިޔަނީ ވަރަށްވެސް މަދު ބައެކެވެ. އެގޮތުން ލިޔުމެއް ފެންނަ 10 މީހެއްގެ ތެރެއިން، އެ ލިޔުމެއް ހުޅުވާލައިގެން ކިޔާލަނީ އެންމެ ދެ މީހުންނެވެ.

Ads by Asuru

މިގޮތަށް ތިބާވެސް ކަންތައް ކުރަންދޯއެވެ؟ މި ލިޔުމުގެ މިހިސާބަށްވެސް ކިޔާލީތީ ސާބަސް ދެމެވެ!

ކޮލަމްބިއާ ޔުނިވަރސިޓީން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާ ކުރާ 59 އިންސައްތަ ލިންކަކީ އެއްވެސް މީހަކު ”ކްލިކް“ ނުކުރާ ލިންކުތަކެކެވެ. އަދި ގިނަ މީހުން ސޯޝަލް މީޑިއާއިން ފެންނަ ލިޔުންތައް ހިއްސާ ކުރަނީވެސް ކިޔާލުމެއް ނެތިކަން އެ ދިރާސާއިން ވަނީ ހާމަވެފައެވެ.

ސުރުހީއެއް އެކަނި ކިޔާލައިގެން އެ ލިޔުމެއްގައި އޮންނަ މައުލޫމާތެއް އެނގޭނެ ގޮތެއް ނޯންނައިރު، ގިނަ މީހުން މިގޮތަށް އަމަލު ކުރަނީ ކީއްވެހެއްޔެވެ؟

މިހެންވާ ސަބަބުތަކުގެ ތެރޭގައި ލިޔުން ކިޔަން ވަގުތު ނެތުން ހިމެނެެެއެވެ. ފެންނަ އެއްޗެއް ހުޅުވާލައިގެން ކިޔާލަން ވަގުތު ދާނެތީ، ހަމައެކަނި ހެޑްލައިން ކިޔާލައިގެން ފުއްދާ ލަނީއެވެ.

އަނެއް ސަބަބަކީ ކިޔާނެ އެއްޗެހި މާ ގިނަ ވުމެވެ. މުޅި މީސްމީޑިއާ ވަނީ ލިޔުންތަކުން ފުރިފައެވެ. އެ ހުރިހާ ލިޔުމެއް ކިޔަން ވެއްޖެނަަމަ، ކުރާނެ އިތުރު ކަމެއް އޮންނާނެހެއްޔެވެ؟