މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ސަރުކާރާއި ކަމާގުޅުން ހުރި އިދާރާތަކުން ދެމުންދާ އިރުޝާދުތަކަަށް ރައްޔިތުން ސަމާލުކަންދީ, އެއްބާރުލުން ދިނުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާލުވެއްޖެއެވެ.
އެ ޕޯސްޓްގައި ނައިބު ރައީސް ވިދާޅުވެފައި ވަނީ މީހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި, މި ދަނޑިވަޅުގައި ސަރުކާރާއި ކަމާގުޅުން ހުރި އިދާރާތަކުން ދެމުންދާ އިރުޝާދު ތަކަަށް ރައްޔިތުން ސަމާލުކަންދީ, އެއްބާރުލުން ދިނުމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި، މާލެއަށް ކުރަމުންދާ ވިއްސާރާގެ ސަބަބުން މަގުމައްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ އިލްތިމާސްކޮށްފައެވެ. މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެމޭންޑީއެފުން ދާދި ދެންމެއަކު މައުލޫމާތު ދީފައިވެއެވެ.
މަގުތަކުން ފެން ހިނދެންދެން، ހަތަރު ފުރޮޅުލީ އުޅަނދާއި، ބަރު އުޅަނދު ނުދުއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހޯމަ ދުވަހުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ވަނީ ބުނެފައެވެ.

