ޗައިނާ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި ހަދިޔާކޮށްފިއެވެ.

Ads by Asuru

މި ތަކެތި ޗައިނާ އެއްބަސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ހަދިޔާ ކުރުމަށް މާލެ ސިޓީ ކައުންސިލްގައި މިއަދު ހެދުނުވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޗައިނާގެ ފަރާތުން ސިޓީ ކައުންސިލަށް މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީ ޖިންއެވެ. ސިޓީ ކައުންސިލްގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ހަމަހަމަކަމާއި އިހުތިރާމުގެ ނުގުޑާ އަސާސެއްގެ މައްޗަށް ބިނާވެފައިވާގޮތަށް ދިވެހިރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއްދީފައިވާ ތަރައްގީގެ ބައިވެރިޔާކަމަށެވެ.

އަދި ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތްގުޅުން ފާހަގަކުރައްވާ އެ ގުޅުމަށް ޑރ. މުއިއްޒު ވަނީ ޗައިނާގެ އެއްބަސީއަށް ޝުކުރު އަދާކުރައްވާފައެވެ.

މާލޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޗައިނާ އެއްބަސީގެ ފަރާތުން ލިބުނު އަގުހުރި ހަދިޔާގެ ސަބަބުން ވަރަށް ޒަމާންވަންދެއް ބަދަލުނުކުރެވި ހުރި މަގު ބައްތިތައް ޒަމާނަށް ފެތޭ އަލި ހެޔޮވަރު ލެޑު ލައިޓްތަކަކަށް ބަދަލުކުރެވިގެންދާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.