ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ގއ އަދި ގދ އަށް އޮރެންޖު އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް ގއ އަދި ގދ އަތޮޅަށް އޮރެންޖު އެލާޓް ނެރުނީ މިއަދު 12:50 އިން ފެށިގެން 15:00 އަށެވެ.

މި އެލާޓްގެ ވަގުތުގައި، ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގުގުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.