ސަފާރީއަކުން ރޭ ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ ނ. ހޮޅުދޫ ސީވީޑް، އަލީ އަރުޝަދު، 35 އެވެ.

ފުލުހުން މިއަދު ބުނީ އދ. އަތޮޅުގެ ރިސޯޓެއް ކައިރީގައި އޮތް ”ނޯތު 7“ ކިޔާ ސަފާރީން އޭނަ ކަނޑަށް ވެއްޓި ގެއްލިގެން ރިޕޯޓްކުރީ މިއަދު ކަމަށެވެ.

އަދި އަރުޝަދު ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކްމަތީގައި ހުއްޓައި ވެއްޓި، އަރިމަތީ ޑެކްގައި ޖެހި މޫދަށް ވެއްޓިފައިވާކަން ސީސީޓީވީ ކެމެރާ ފުޓޭޖުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާގެ ހޯދުމުގެ މަސައްކަތް ސިފައިންގެ އެހީތެރިކަމާ އެކު މިހާރު އަންނަނީ ކުރަމުންނެވެ.