ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވާ ކަމަށާއި، އެ ސިޔާސަތު ބިނާވަނީ އެއްވެސް ގައުމަކާ ހަތުރު ނުވެ، ރާއްޖެއަށް މަންފާ ލިބޭ ގޮތަށް ކަމަށް ފޮރިން މިނިސްޓަރު ޑރ.ހަލީލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ދިވެހި ސަރުކާރުން ވަކި ކޮޅެއް ނަގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކި ވަގުތު ރަސްމީ ދަތުރެއްގައި އެސްޓޯނިއާގައި ހުންނެވިސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާ ގޮތް ބަލާލުމުން ރާއްޖޭގެ ސިޔާސަތުތަކާއި ސްޑޭންޓް ބަދަލު ނުވާކަން ސާފުވާނެ ކަމަށެވެ.
”ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް،“ ހަލީލު ވިދާޅުވިއެވެ.
”ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެން ވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް.“
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ ނާރާ ގޮތަށް ހުރިހާ ގައުމަކާ އެކީ ވެސް ގާތް ގުޅުން ބާއްވާނެ ކަމަށެވެ.

