މިއަދު ކުރިއަށްގެންދިޔަ ”އޮޕަރޭޝަން ކުރަނގި“ މެދުވެރިކޮށް 1455 ބިދޭސީންގެ މައުލޫމާތު ހޯދައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 8 އިން އިރުއޮއްސިން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ.

މި ހަރަކާތުގައި ހޯމް މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވިއެވެ.

ހޯމް މިނިސްޓްރީން ބުނީ، މިއަދު  މާލެ ސަރަހައްދުގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ 697 ބިދޭސީންނާއި ގުޅިފަޅު ބްރިޖް ސައިޓުގައި މަސައްކަތްކުރާ އެފްކޮންސްގެ 758 ބިދޭސީންގެ މައުލޫމާތު ހޯދުނު ކަމަށެވެ.

މި އޮޕަރޭޝަންގައި މައުލޫމާތު އެއްކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭކަމަށް ބެލެވޭ އެއްވެސް މީހަކު ދެނެގަނެވިފައެއް ނުވެއެވެ.

އަދި މި އޮޕަރޭޝަންގެ ތެރެއިން ހިއުމަން ޓްރެފިކިން ސްކްރީނިން ވެސް ކުރިއަށް ގެންދިޔައެވެ.