މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މިރޭ 23:00 އިން ފަތިހު 4:00އާ ހަމައަށް މި އެލާޓް ނެރެފައި ވަނީ ގދ އަތޮޅުން އައްޑޫ ސިޓީއާ ހަމައަށެވެ.

މެޓުން މި އެލާޓް ނެރުނީ، ބޯކޮށް ވާރޭ ވެހުމާއެކުގައި، ގުގުރާނެ ކަމަށް ލަފާކޮށެވެ.

މެޓުން އެންމެ ފަހުން މިފަދަ އެލާޓެއް ނެރުނީ، އދ އަތޮޅުން ފެށިގެން ތ އަތޮޅަށެވެ. މި މަހުގެ 20 ވަނަ ދުވަހު، އެ ސަރަހައްދަށް ވެސް ވައިޓް އެލާޓް ނެރުނީ ބޯކޮށްވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށެވެ.