އަރަން ގެންގުޅޭ ފައިވާނާއި، ލާ ހެދުންތައް ބާވެ، ބަދަލު ކުރާންވީމާ، އެކަން ދެނެގަންނާން ފަސޭހައެވެ. ނަމަވެސް، ދަތް އުނގުޅާ ބުރުސް ބަދަލު ކުރަންވީ ކޮން އިރަކުންކަން އެނގޭހެއްޔެވެ؟ ދަތް އުނގުޅާލުމުގެ ކުރިން، އެންމެ ފަހުން ބުރުސް ބަދަލު ކުރީ ކޮންއިރަކުތޯ ބަލައި، ވިސްނާލާށެވެ.

ބުރުސް ބަދަލު ކުރަންވީ ވަގުތު

ތިން މަސް ނުވަތަ ހަތަރު މަސް ދުވަސް ތެރޭގައި ދަތް އުނގުޅާ ބުރުސް ބަދަލު ކުރާށެވެ. ތިބާ ބަލިނަމަ، ނުވަތަ ގެންގުޅޭ ބުރުސް އެހެން ބުރުސްތަކާ ކައިރީގައި ބާއްވާ ކަމަށް ވަނީނަމަ، އަވަހަށް ބަދަލު ކުރަން ވާނެއެވެ. ދަތް އުނގުޅާ ބައިގައި ހުންނަ ނަރުތައް ހަލާކުވާން ފަށައިފި ކަމަށް ވާނަމަ ވެސް، ބުރުސް ބަދަލު ކޮށްލުން އަވަސް ކުރަން ވާނެއެވެ.

ބުރުސް ސާފުކޮށް ބަލަހައްޓަން ވެސް ޖެހޭ

މިއީ ކޮންމެ ކަހަލަ ބުރުހެއް ގެންގުޅުނު ކަމުގައި ވިޔަސް، ވަރަށް މުހިންމު ކަމެކެވެ. ދަތް އުނގުޅާ ނިމުމުން، ބުރުސް ވަރަށް ރަނގަޅަށް ސާފުކޮށްލައި، ތެދަށް ބަހައްޓާށެވެ. އަދި ވައިން ހިކުނަ ދޭށެވެ. ބަންދުވެފައި ހުންނާނެ ގޮތަށް ބުރުސް ބަހައްޓާނަމަ، ޖަރާސީމު ޖަމާވުން އެކަށީގެންވެއެވެ.

ދުވާލަކު މަދުވެގެން ދެ ފަހަރު ދަތް އުނގުޅަން ޖެހޭކަން އަހަރުމެން އެންމެން ވެސް ދަންނަމުއެވެ. ނަމަވެސް، ދަތް އުނގުޅަން ތިޔަ ގެންގުޅޭ ބުރުސް، ކިހާ އަވަހަށް ބަދަލު ކުރަން ހެއްޔެވެ؟

އާއިލާގެ މެމްބަރުންގެ ބުރުސް، އަހަރަކު ގިނަ ގިނައިން އައު ކޮށްލަން އަޒުމް ކަނޑައަޅާށެވެ.

ދަތް އުނގުޅާ ބުރުސް އަވަހަށް ބަދަލު ކުރުމުގެ އިތުރުން، ދަތްޕިލަ ދުޅަހެޔޮކަންމަތީ ބެހެއްޓުމުގެ ގޮތުން ކޮންމެ ދުވަހަކު ފްލޮސް ކުރުމާއި، ކޭންޑީ، ސޮޑާ، ޗޮކްލެޓު ފަދަ ފަދަ ފޮނި ކާތަކެއްޗާއި ދުރުވުމާއި، ގަވާއިދުން ޑެންޓިސްޓަކަށް ދައްކާލުން ހިމެނެއެވެ.