އާސަންދަ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރުގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު ހަމަޖައްސައިފިއެވެ.

Ads by Asuru

އާސަންދައިގެ އެމްޑީ ކަމަށް އައްޒާމް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ޝަފީގް މަގާމުން ވަކިވުމާ ގުޅިގެންނެވެ.

އައްޒާމް މީގެކުރިން ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމު ވެސް އަދާކޮށްފައެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ ރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011 ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ.