ކ. އަތޮޅުގައި އޮންނަ ރިސޯޓެއް ކައިރިއަށް ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ގެއްލިގެން ހޯދަމުންދަނީ ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ދިޔަ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

ނަމަވެސް އެ މީހާއާ ގުޅޭ މައުލޫމާތެއް ނުދެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު އިފުރު އައިލެންޑް ރިސޯޓުގައި ސްނޯކްލިން އަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފަކު ވެސް ވަނީ ގެއްލިފައެވެ. އޭނާ ވެސް ފެނިފައެއް ނުވެއެވެ.