އިންޓަރނެޓުގައި އަބަދުވެސް ތަފާތު ވީޑިއޯތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބެއެވެ.

Ads by Asuru

މިގޮތުން އެތެއް ނަށާ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ގިނަ ބަޔަކު ވަނީ ހިއްސާ ކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ ކުޑަ އަންހެން ކުއްޖަކު ނެށުމުން، އެތް އެ ކުއްޖާ ކޮޕީ ކުރާ މަންޒަރެވެ.

ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ މީހުން ބުނީ އެ އެތް ވަރަށް ލޯބި ކަަމަށެވެ. ވީޑިއޯ ހިއްސާ ކުރި މީހާ ވަނީ  އެތަނުން އެންމެ ރީތިކޮށް ނެށީ އެ އަންހެން ކުއްޖާތޯ، ނުވަތަ އެތްތޯވެސް ސުވާލު ކޮށްފައެވެ.

އެއަށް ދިން ޖަވާބުގައި ގިނަ މީހުން ބުނީ އެތާއި އަންހެން ކުއްޖާގެ ނެށުންވެސް މޮޅު ކަަމަށެވެ.

މި ވީޑިއޯ އާންމުވިތާ އެންމެ ފުރަތަމަ ގަޑިއިރުގެ ތެރޭގައި އެކަނިވެސް 15،000 މީހުން އެ ބަލާފައިވެއެެވެ.