ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު ބަލައިގަންނާން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވިއެވެ. ބިލި ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ.
ބިލި ހުށަހެޅުއްވީ އެ މެމްބަރުގެ އަމިއްލަ ބިލެއްގެ ގޮތުގައެވެ. ނަމަވެސް ޕީއެންސީ އިން ވަނީ ބިލު ބަލައިގަންނަން ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ.
އޭގެ ތެރެއިން ދެ ފަނޑިޔާރުން މަދުކުރަން ޖެހޭ ގޮތަށް މަޖިލީހަށް ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ސައްތާރު ވިދާޅުވީ، ދިވެހިންގެ ފޮނި އުއްމީދު އެންމެ ބޮޑަށް ހާސިލު ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ބިލުގައިވާ ގޮތުން ފަނޑިޔާރުންގެ އަދަދު ފަހަކަށް ކުޑަކުރަން ނިންމައިފިނަމަ ވަކިކުރަންޖެހޭ ދެ ފަނޑިޔާރުގެ ނަން، ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަންވާނެއެވެ.

