މާލެ އިން ކ. މާފުއްޓަށް ދަތުރު ކުރި ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ދޯނި ބަންޑުން ޖަހާލީ ވައްމާފުށި އުތުރުން 0.33 ނޯޓިކަލް މޭލުން ކަމަށެވެ.

އަދި މިހާރު މި ދޯނި އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެހެންކަމުން މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

ދޯނި ބަންޑުން ޖަހައިލުމުން އޭގައި ތިބި ތިން މީހުން ވަނީ ފަތާފައިގޮސް މާފުށި ކައިރީގައި އަޅާފައި އޮތް ސަފާރީ އަކަށް އަރައިފައެެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި މީހަކަށް ގެއްލުން ނުވާ ކަމުގައެވެ.