އައްޑޫ ސިޓީގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ބުރިޖުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ބާރު ސްޕީޑްގައި، މަރަދޫން ހިތަދޫ ކޮޅަށް ދުއްވާފައި ގޮސް ބުރިޖުގެ ބެންޑު ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ ގޮސް، ބުރިޖުގެ ފެންސުގައި ޖެހިގެންކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށާއި، އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާ ކުރާނެ ކަމަށެވެ.

