ބޭނުންވާނެ ތަކެތި:

ކޮށާފަހުރި ވަޅޯމަސް ނުވަތަ ދަޅުމަސް

4 ފިޔާ

4 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު

3 އިންޗީގެ ފޮނި ތޮށިކޮޅެއް

ކާފޫރުތޮޅިކޮޅެއް

2 ރާނބާ ފަތްކޮޅު

1 ގިތެޔޮ މިރުސް

1/2 2 މޭޒުމަތީ ސަމުސާ ހަކުރު

ލޮނު

2 ޖޯޑުފުއް

ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާ ކޮށައި، ހަކުރާއި ރާނބާފަތާއި ފޮނި ތޮށި ކުޑަ ތެޔޮފޮދެއްގައި މީރު ކޮށްލާށެވެ.

އެއަށްފަހު ވަޅޯމަހާއި މިރުހާއި ކުކުޅު ހަވާދާއި ކާފޫރު ތޮޅި އާއި ލޮނު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. މޮޑުނު މަސްގަނޑުން ރާނބާފަތާއި، ފޮނިތޮށިކޮޅު ނަގާށެވެ.

ދެން ރޮށި ފިހަން މޮޑޭ ގޮތަށް ފުށްމޮޑެ، ރޮށި ދަމާ ގޮތަށް ދަމާށެވެ.

އަދި ކޮންމެ ރޮށްޓެއް ހަތަރު ފަޅިއަށް ކަފާލާށެވެ.

އެއަށްފަހު ކޮންމެ ރޮށްޓަކަށް މަސްއަޅައި، ތިނެސްކަނަށް ވާގޮތަށް ރޮށި ބައްދާށެވެ. އަދި އުނދުންމައްޗަށް އުދާފައިވާ ތެޔޮ ކެކިގަތީމައި ބަޖިޔާ ތެލުލާށެވެ.