ގިނަ ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ މުޑުދާރު އަމަލު ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ފަސް މީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ޙަމްދޫން ޢަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުޙައްމަދު މިހާދު މުޞްޠަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41އ)އެވެ.
އެ މީހުންގެ ތެރެއިން ޙަމްދޫން ޢަބްދުﷲގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ އިރު މުޙައްމަދު މިހާދު މުޞްޠަފާގެ ބަންދަށް 7 ދުވަސް ކޯޓުން ވަނީ ދީފައެވެ. މައުމޫން މޫސާ ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
