މޯލްޑިވްސް ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މި މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ ކުންފުނީގެ ކުރީގެ އަދި މިހާރުގެ މުވައްޒަފުންނަށް ހޫނު މަރުހަބާއާއި އިހްލާސްތެރި ޝުކުރު ދަންނަވާފައެވެ.

އެމްޑަބްލިޔުއެސްސީ އުފެއްދީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.

އެއީ މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި، ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް އުފެއްދި ކުންފުންޏެކެވެ.