ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިގެން އެ މީހާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، އެއާޕޯޓަށް ފުރަންގޮސްހުއްޓައި އެމީހާގެ އަތުން ވަޒަންތަށް ފެނިފައިވާ މައްސަލައިގައި ރޭ ހައްޔަރުކުރި މީހާ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހުގެ މުއްދަތެއް ޖަހާދީފައިވާ ކަމަށެވެ.
މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެ ބިދޭސީ މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަނުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، ބައެއް ފަރާތްތަކުން މީސްމީޑިއާގައި ބުނެފައިވަނީ ހައްޔަރުކުރީ ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެ އައި ކޮލަމްބިއާ މީހެއް ކަމަށެވެ.

