ފިލިޕިންސްގެ މެދުތެރޭގެ ސަރަހައްދެއްގައި ހުރި އަލިފާން ފަރުބަދައެއް ގޮވައިފިއެވެ.

މިކަމާ ގުޅިގެން، އަލިފާން ފަރުބަދައިން ހަތަރު ކިލޯމީޓަރު މައްޗަށް، އަޅިތައް ވަނީ ޖައްވަށް ދޫވެފައެވެ.

ފިލިޕިންސްގެ ”އެކްޓިވް“ 24 އަލިފާން ފަރުބަދައިގެ ތެރެއިން ”ކަންލައޯން“ގެ ނަން ދެވިފައިވާ މި ފަރުބަދަ ގޮވުމުން، އެ ސަރަހައްދުގެ މަދަރުސާތައް ވެސް ވަގުތީ ގޮތުން ބަންދު ކުރަން ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އަދި ކައިރި އަވަށްތަކުން މީހުން ހުސްކުރުމަށް އަންގާފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ ޑިސެމްބަރުމަހުގައި ވެސް އެ އަލިފާން ފަރުބަދަ ގޮވާފައިވެއެވެ.

 

މި އަލިފާން ފަރުބަދަ ގޮވައިފާނެ ކަމަށް ބަލައި، ފަރުބަދައާއި 6 ކިލޯމީޓަރު ކައިރީގައި ދިރިއުޅެމުން ދިޔަ ބައެއް މީހުން ވަނީ، މިދިޔަ ޑިސެމްބަރު މަހުގައި ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

ނަމަވެސް، މިހާރު ވެސް އެ ފަރުބަދަ ކައިރީގައި އުޅޭ މީހުން ވަނީ، ފަރުބަދަ ގޮވުމާ ގުޅިގެން ހާސްކަމެއްގެ ތެރޭގައެވެ.