އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ.

އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަަމަށްވެސް ފުލުހުން ބުނެއެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ގަލޮޅު ޕޮލިސް ސްޓޭޝަން

ސެޕްޓެމްބަރ 8 ވަނަ ދުވަހު މެދުޒިޔާރަތް މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދޫނި ކޮއްޓެއް. އިންސިޑެންޓް ނަންބަރ 533445

ސެޕްޓެމްބަރ 15 ވަނަ ދުވަހު ސިއްކަ ގޯޅިން ފެނިފައިވާ ވެރިއަކުނެތް ކެމެރާ ސްޓޭންޑަކާއި ކެމެރާ ހަތަރު ލައިޓާއި އޭގެ ސްޓޭންޑް. އިންސިޑެންޓް ނަންބަރ 534233

ސެޕްޓެމްބަރ 15 ވަނަ ދުވަހު ޓެކްސީއަކުން ފެނިފައިވާ ވެރިއަކުނެތް އިންކޯ ބްރޭންޑުގެ ބުރުމާއެއް. އިންސިޑެންޓް ނަންބަރ 534259

ސެޕްޓެމްބަރ 17 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ހުސައިން އާދަމް ބިލްޑިންގ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އިއަރ ބަޑެއް. އިންސިޑެންޓް ނަންބަރ 534382

ސެޕްޓެމްބަރ 20 ވަނަ ދުވަހު އެއް ނަމްބަރު ފާލަން ކައިރިން ފެނިފައިވާ ސާމާނުތަކެއް އަޅާފައިހުރި ވެރިއަކުނެތް ކޮތަޅެއް. އިންސިޑެންޓް ނަންބަރ 5334690

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލުވާންވެސް ވަނީ އެދިފައެވެ.

މާފަންނު ޕޮލިސް ސްޓޭޝަން

ސެޕްޓެމްބަރ 9 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ދަޅު ކޮފީ (ނެސްކެފޭ ބޮޑު ދަޅު). އިންސިޑެންޓް ނަންބަރ 533590

ސެޕްޓެމްބަރ 18 ވަނަ ދުވަހު އާންމު ފަރާތަކުން މަގުމަތިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް. އިންސިޑެންޓް ނަންބަރ 534448