ބަރަބޮލަކީ ގިނަ ދިވެހީންނަށް ވަރަށް ކަމުދާ ތަރުކާރީގެ ބާވަތެކެވެ. ބަރަބޮލުން ތަފާތު ވައްތަރުގެ ކާއެއްޗެހި ތައްޔާރުކޮށް އުޅެއެވެ.

Ads by Asuru

ގިނަ ފަހަރު ބަރަބޯ ބޭނުން ކުރުމުގައި އޭގެ އޮށްތައް އުކާލެވެއެވެ. ނަމަވެސް ބަރަބޮލުގެ އޮށަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ.

ކުޑަނަމަވެސް، ބަރަބޮލުގެ އޮށުން ލިބޭ ފައިދާ ކުޑައެއް ނޫނެވެ.

އޭގެ ތެރެއިން މަދު މިންވަރެއް ކެއުމުން ހަށިގަނޑަށް ފައިދާހުރި ފެޓްސް، މެގްނީޒިއަމް އަދި ޒިންކް ގެ ފުދޭވަރެއްގެ މިންވަރެއް ލިއްބައިދެއެވެ.

އޭގެތެރޭގައި ހިތުގެ ދުޅަހެޔޮކަން އިތުރު ކޮށްދިނުމާއި، ބައެއް ކަހަލަ ކެންސަރުތަކުން ރައްކާތެރިކޮށްދިނުން ހިމެނެއެވެ.

ސިއްހީ އެކި ލިޔުންތަކުގައިވާ ގޮތުގައި، ބަރަބޮލުގެ  އޮށުގައި ގިނަ އަދަދަކަށް މެގްނީޒިއަމް އަދި ޕޮޓޭސިއަމްގެ އިތުރުން ވިޓަމިން އީ، ވިޓަމިން ބީ އަދި ކޮޕާ އަދި ޕްރިޓިންވެސް ހިމެނެ އެވެ.

ކޮންމެ މީހެއްގެ ހަށިގަނޑަށް ވެސް ދުވާލަކު 4،700 މިލިގްރާމުގެ ޕޮޓޭސިއަމް ބޭނުންވާނެ އެވެ. ހަށިގަނޑުގައި މިނަރަލްސް އެއްވަރެއްގައި ހިފެހެއްޓުމަށާއި ކިޑްނީގައި ހިލަ އުފެދުންމުން ދުރުކޮށްދިނުމަށް ޕްޓޭސިއަމް ހާއްސަ ދައުރެއް އަދާކުރެއެވެ. ދޮންކޭލަށްވުރެ ގިނައިން ބަރަބޯ އޮށުގައި ޕްޓޭސިއަމް ހުރެެއެވެ.

މީގެ އިތުރުން ދިރާސާ ތަކުން ދައްކާގޮތުގައި ކެންސަރާއި ދުރުކޮށްދިނުމަށްވެސް ބަރަބޯ އޮށަކީ ރަނގަޅު ފަރުވާއެކެވެ. އެގޮތުން އުރަމަތީގެ ކެންސަރު އަދި ޕްރޮސްޓެޓް ކެންސަރުން ދުރުކޮށް ދިނުމަށް ބަރަބޯ އޮށަކީ ރަނގަޅު އެއްޗެކެވެ.