ހއ.މާރަންދޫ ސްކޫލްގެ ދެ ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ads by Asuru

މި މަސައްކަތް ހަވާލުކުރީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

އެ ކުންފުނިން ހއ.މާރަންދޫ ސްކޫލްގެ އިމާރާތުގެ މަސައްކަތަށް ހުށަހަޅާފައި ވަނީ 7،939،576.01ރ (ހަތް މިލިއަން ނުވަ ލައްކަ ތިރީސް ނުވަ ހާސް ފައްސަތޭކަ ހަތްދިހަ ހަ ރުފިޔާ އެއް ލާރި)އެވެ.

އަދި މި މަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.

ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ކުށްރުވާންއެވެ.