ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފާތިމަތު އިނާޔާ އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އެ މަގާމަށް އައްޔަނު ކުރީ ޑިސެމްބަރު 12، 2023 ގައެވެ. އެއީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.
ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.
ނަމަވެސް އޭނަ އެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވާނެއެވެ.
އެގޮތުން މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމު ފުރައްވާނެއެވެ.

