ރާއްޖޭގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލް ސެންޓަރު (އެމްއައިއެފްސީ) ގާއިމްކުރުމަކީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއުއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު، ގާއިމްކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލުމަށް އެޅިގެން ދިޔަ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއްކަމަށެވެ.

އަދި މިއީ ދުނިޔޭގެ މާލީ ދާއިރާގެ ހަބަކަށް ރާއްޖެ ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ގާސިމް ވަނީ ސިފަކުރައްވާފައެވެ.