ލޯގަނޑު ކުރިމައްޗަށް ހުއްޓި ބަލާލާއިރު، ތަލަވެފައިވާ ބޮލެއް ފެންނަން އެކަކުވެސް ބޭނުމެއް ނުވާނެއެެވެ. އުމުރުން ދުވަަސްވާ ވަަރަކަށް ބައެެއް ފިރިހެނުން ތަލަވާއިރު، އިސްތަށިގަނޑު ތުނިވަމުންދާނަމަ، ގިނަ ފިިރިހެނުންނަށް މިކަން ވަނީ ވަރަށް ހިތާމަވެރި ކަމަކަށެވެ.

Ads by Asuru

އެހެންނަމަވެސް، މިއީ ދެރަވާން ޖެހޭ ކަމެއް ނޫންކަން އެކި ދިރާސާތަކުން ވަނީ ހާމަވެެފައެވެ.

މިގޮތުން، ބެރީ ޔުނިވާސިޓީގެ ޑޮކްޓަރު ފްރޭންކް މުސްކަރެލާގެ އާ ދިރާސާއެއްގައި ބުނެފައި ވަނީ ތަލަ ފިރިހެނުންނަކީ ބޮލުގައި އިސްތަށި ހުންނަ މީހުންނަށް ވުރެ ބުއްދިވެރި، ގަދަރުވެރި، އަދި މާ ކާމިޔާބު ބައެއް ކަމަށެވެ.

މި ދިރާސާގައި ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ފިރިހެނުން ހޮވުމުގައި، އެމީހުންގެ ރީތިކަމާއި، އަދުލުވެރިކަމާއި އިޖުތިމާއީ ގޮތުން ފުރާފުރިހަމަވުން ފަދަ ކަންކަމަށް ރިއާޔަތްކުރުމަށް އާންމުންގެ ކިބައިން އެދިފައި ވެއެވެ.

މުސްކަރެލާ އާއި އޭނާގެ ދިރާސާ ޓީމުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އާންމު ގޮތެއްގައި މީހުން ދެކެނީ ތަލަ ފިރިހެނުން މާ ނަޒާހަތްތެރި ވާނެ ކަމަށެވެ. އަދި ވިސްނުންތޫނުވެސް ވާނެ ކަމަށެވެ.

އެހެންކަމުން ތަލަ ވެގެން ދެރަވެގެން އުޅޭނެ ކަމެއް ނެތެވެ. އެއީ ތިބާއަށް ލިބުނު ނަސީބަކަށްވެސް ވެދާނެއެވެ.