ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދިނުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އުމް އަލް ގުވައިންގެ ޑެޕިއުޓީ ރޫލާ ޝައިހު އަބްދުﷲ ބިން ރާޝިދު އަލްމުއައްލާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ރައީސް ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ވެވުނު އެއްބަސްވުމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އުމް އަލް ގުވައިންގެ ޑެޕިއުޓީ ރޫލާ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، ރާއްޖޭގައި ވުނަކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމާއި، ދަނޑުވެރިކަން ކުރިއަރުވައި، ދިގުމުއްދަތުގައި ހަމަޖެހުމާއި ތަރައްގީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާރު ތަރައްގީ ކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުންދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުގުވެރިކަން އެބަހުރިކަން ވެސް ފާހަގަކުރެއްވިއެވެ.